Ahmed Faiz's Blog
ފޮރިންއިންވެސްޓްމެންޓްތައް ނުގެނެސް އަޅުގަނޑުމެންނަށް ތަރައްޤީވެވޭނެ އިތުރުގޮތެއްނެތް
ބައެއްފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުންނަމަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އެކިވިޔަފާރިކުރުމުގައި ބައިވެރިވުމަށް ހުޅުވާލުމުގެ ސިޔާސަތަކީ ދިވެހިރާއްޖެ ބޭރުޤަޢުމުތަކުގެ މުއްސަދިންގެ މުށުގެތެރެއަށް ވެއްދުމަށް ހުޅުވިގެންދާ ދޮރެކެވެ. ނުވަތަ “އަޅުވެތި” ކަމެއްގެ ތެރެއަށް އަޅުގަނޑުމެން ވެއްދުމެވެ. މިކަމަކީ ޙަޤީޤަތުގައިވެސް މިހެން އޮތްކަމެއްތޯ ނުވަތަ ނޫންތޯ ވިސްނާލުންމުހިއްމެވެ.ގިނަފަހަރަށް މިފަދަގޮތަކަށް ވާހަކަދެކެވޭތަން ފެނިގެންދަނީ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކުރާ ބަޔެއްގެ ކިބައިންނެވެ.ހަމަމިއާއި އެކު ފާހަގަ ކުރެވޭ އަނެއްކަމަކީ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ އެކިއެކި ވިޔަފާރީގައި ބައިވެރިކުރުވުމުގެ ވިސްނުމާއި ދެކޮޅަށް ވާހަކަ ދައްކާތަން ފެންނަނީ މިދެއްނެވި ފަދައިން، ވަކިސިޔާސީ ފިކުރަކަށް ތާޢީދުކުރާ މީހުންގެ ތެރޭންވެސް ޒަމާނީ ތަޢްލީމެއް ލިބިފައިނުވާ މީހުންނާއި، ޒަމާނީ ތަޢްލީމު ލިބިފައިތިއްބަސް “މެނޭޖްމެންޓް”ގެ ދާއިރާއިން ނޫން އެހެން ދާއިރާތަކުން ކިޔަވައިގެންތިބި މީހުންނެވެ. އަޅުގަނޑު ހިތުން މިކަންމިހެން ހިނގަމުން ދިއުމުގައި ޤައުމުގެ މަސްލަޙަތު އެއްފަރާތްކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ ދައުރެއް ވަރަށްފުޅާ ދާއިރާއެއްގައި ކަންކަން އިނގިތިބިބަޔަކު ކުރަމުން ގެންދާކަން މިކަމުން ދޭހަވެއެވެ.
އަޅުގަނޑުމެން އަބަދުވެސް ވާންވާނީ އަމިއްލަ ވިސްނުން އިސްކުރާ ބައެއްގެ ގޮތުގައެވެ. މިދެންނެވީ މީހަކު ހަމަ ވާހަކައެއް ދައްކާލިޔަސް ޤަބޫލުކުރުމުގެ ބަދަލުގައި އެކަން ދުނިޔޭގައި ހިނގާފައި އޮތީ ކިހިނެއްކަމާއި ، އެކަންކަން ހިނގަމުންދަނީ ކޮންގޮތަކަށްކަން ބަލާ ވިސްނާލުން ވަރަށްވެސް މުޙިއްމުކަމެވެ.ދުނިޔެ ދައްކަމުންދާ މަންޒަރުތަކުން ފެންނަން އޮތީ ފޮރިން އިންވެސްޓްމެންޓްގެ ސަބަބުން ދުނިޔޭގެ އެތައް ޤައުމެއް ތަރައްޤީގެ ހަރުފަތާ ދިމާއަށް ފައިނަގަމުންދާތަނެވެ. ނުވަތަ ތަރައްޤީގެ އެއްމެކުރީ ސަފުގައި ތިބިތަނެވެ. އަޅުގަނޑުމެންގެ މިރާއްޖެއަށް ލިބިފައިވާ ތަރައްޤީގެ އެއްމެ ބޮޑު ޙިއްޞާތައްވެސް އައިސްފަ އޮތީ ބޭރުގެ އިންވެސްޓަރުންނާއި ގުޅިގެންނެވެ. މިސާލަކަށް ދިރާގު، ވަތަނިއްޔާ، އެމް.ޑަބުލިޔު.އެސް.ސީ ފަދަ ކުންފުނިތަކުންނެވެ. ސީދާ ބެރުގެ އިންވެސްޓަރުންގެ ކިބައިންވެސް މި ޤަޢުމު އާރާސްތުކުރަން ލިބިފައިވައިވާ އަދި ލިބެމުންދާ އެހީތަކުގެ މިސާލަކަށް އެސް.ބީ.އައި (ސުޓޭޓް ބޭންކް އޮފް އިންޑިޔާ) އެކަނިވެސް ފުދެއެވެ.ކަންމިހެން އޮތްއިރު ޚައިރާންވެ އަންތަރީސްވާ ކަމަކީ އެއްމެ ކުޑަމިނުން މޫނުން ނުކުންނަ ދާފޮދުވެސް ފޮހެލެވެނީވެސް ބޭރުން އެތެރެ ކޮށްފަހުންނަ ޓިޝޫއަކުންނެވެ.ލާން ގެންގުޅޭ އަންނައުނުވެސް ގެންނަނީ ހަމަބޭރުންނެވެ. އަޅުގަނޑުހިތުން މިއަށްވުރެ ވަކިންބޮޑަށް ބަޔަކު “އަޅުވެތި” ވެފައިވަނީ ދެންކޮންގޮތަކުން ހެއްޔެވެ؟ ކުނބުރެއްފަދަ ކުޑަތަނަކަށް ދުނިޔެ ބަދަލުވެފައިވާ މިޒަމާނުގައި ތިވިދާޅުވާ “އަޅުވެތި” ކަމަކީ އޮތްއެއްޗެއްނޫނެވެ.
ވަރަށްބާރު ދުވެއްޔެއްގައި ތަރައްޤިވަމުން އަންނަ ޤަޢުމެއްކަމަށްވާ، މެލޭޝިޔާގައިވެސް ފޮރިންއިންވެސްޓްމެންޓް އޮތީ އިންތިހާޔަށެވެ. މިސާލަކަށް ދަންނަވާނަމަ، ގެއަށްބާޒާރުކޮށްލަން ބޭނުންވެންޖެނަމަ އެއްމެ އަގުހެޔޮކޮށް ތަކެތި ހޯދުމަށް ދާންމިޖެހެނީ ދުނިޔޭގެ މަޝްޙޫރު ހައިޕަރ-މާކެޓްތައް ކަމަށްވާ ކާފޯ، ޓެސްކޯ، ޖަސްކޯ ފަދަ ފިހާރަތަކަށެވެ. މީރުކޮށް އަގުހެޔޮކޮށް ކާލަން ބޭނުންނަމަ ގިނަފަހަރަށް މި ވެދެވެނީ ކޭއެފްސީ، މެކްޑޮނާލްޑް، ބަރގަރ ކިންގް ފަދަ ރެސްޓޯރެންޓަކަށެވެ. ބޭރުގެ ކިތައްމެ މަޝްޙޫރު ބޭންކުތަކުގެ ގޮފިތައް މިސާލަކަސް ހެޗް.އެސް.ބީ.ސީ، ސިޓީ ބޭންކް ފަދަ އެތައް ބޭންކެއްގެ ގޮފިތައް މެލޭސިޔާގައި ވަރަސް ކާމިޔާބުކަމާއެކު ޚިދުމަތް ދެމުން ގެންދެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި ފާހަގަކުރެވޭ ކުންފުނިތައް ނަންހުސްކޮށް މެލޭސިޔާގައި އިންވެސްޓްކޮށްފައިވާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މިސާލަކަށް ދަންނަވާނަމަ، މައިކުރޯސޮފްޓް، އޭސަރ،ޑެލް،ހެޗްޕީ، އީޑީއެސް، އަލްކަޓެލެކް، ސީމަން، ސޮނީ، ސިސްކޯ، ފުޖީ ފަދަ އެތައް އެތައް ކުންފުންޏެކެވެ. މިނޫނަސް ބޭރުގެ އިންވެސްޓްމެންޓް ވަނީ ހުރިހާ ދާއިރާއަކުން މެލޭސިއާގައި އިންވެސްޓްކޮށްފައެވެ.
ހަމަ މިދެންނެވި ބީދައިން ސިންގަޕޫރުވެސް ވަނީ ފޮރިން އިންވެސްޓްމެންޓްތަކުން ފުރިފައެވެ. ދެން އަޅުނގަޑުމެން ބަލާލަންވީ މި ފޮރިން އިންވެސްޓްމަންޓް ތަކުން ކުރާނީ ނުވަތަ ކުރަމުންދަނީ ކޮންފައިދާއެއް ބާވައެވެ. ފެންނަން އޮތް ޙަޤީގަތަކީ ފޮރިންއިންވެސްޓްތައް ހަމަޖެހޭ އުޞޫލެއްގެ މަތިން ޤާއިމް ވެފައިވާ ޤައުމުތަކުގައި ބޮލަކަށް ޖެހޭ އާމުދަނީގެ ނިސްބަތް އަޅުގަނޑުމެންނަން ވުރެ އެތައްގުނައެއް މަތިކަމެވެ.2008 ވަނައަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ ބޮލަކަށް ޖެހޭ ނިސްބަތް މެލޭޝިޔާގައި އޮތީ ގާތްގަނޑަކަށް 14400 ޑޮލަރެވެ. ސިންގަޕޫރުގައި ބޮލަކަށްޖެހޭ އާމުދަނީގެ ނިސްބަތުގެ މިންވަރުއޮތީ މެލޭސިއާއަށް ވުރެވެސް މާމަތީގައި، އާދެ!48900 ޑޮލަރެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޤައުމުގެ އާމުދަނީގެ ނިސްބަތުން ބޮލަކަށް މިޖެހެނީ އެއްމެ 3900 ޑޮލަރެވެ. މިއީ އަޅުގަނޑުމެންނަށް ހަމަ ޙައްޤްމިންވަރުތޯ ތިޔައިގެ ތެރޭން ހަމަ ކޮންމެ ބޭފުޅެއްވެސް ވިސްނުން ހިންގާލުން މުހިއްމެވެ. ނުވަތަ ދެކުނު އޭޝިޔާ ސަރަހައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ބޮލަކަށް ޖެހޭ އާމުދަނީ ނިސްބަތުން އެއްމެ މަތީ އަޅުގަނޑުމެންކަމަށް ބުނެ ބޮޑާކަންމަތީ ތިބެންވީތޯއެވެ؟
ބޭރުގެ އިންވެސްޓްމެންޓްތައް ރަނގަޅު ގޮތެއްގައި އަޅުގަނޑުމެންގެ މި ރާއްޖެއަށް ގެނެވިއްޖެނަމަ ބޭރުފައިސާއަށް އަޅުގަނޑުމެން ބަރޯސާވާ މިންވަރު އެތައް ގުނަޔަކަށް ކުޑަވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. މިކަންކަމުގެ ޙަޤީޤަތް ފެންނަން އޮތީވެސް ބޭރުގެ ވިޔަފާރިތައް އިންތިހާއަށް އޮތް ޤަޢުމުތަކުންނެވެ. މެލޭސިޔާގެ ސެންޓްރަލް ބޭންކުން، ޑޮލަރަކަށް ޖެހޭ މެލޭޝިޔާ ރިންގިޓްގެ ހިފެހެއްޓުމުގެ ސިޔާސަތު (ފިކްސް އެކްސްޗޭންޖްރޭޓް) ދޫކޮށް އުޞޫލެއްގެމަތިން ހިފެހެއްޓިފައި އޮންނަ ފިކްސް އެކްސްޗޭންޖް ރޭޓަށް ބަދަލުކުރިފަހުން ކުރިން އެވްރެޖް ގޮތެއްގައި ޑޮލަރަކަށް 3.77 ރިންގިޓް ލިބޭ އިރު މިހާރު އެއަދަދު ވަނީ އެވްރެޖްކޮށް 3.3 ރިންގިޓަށް ވުރެވެސް ދައްވެފައެވެ. މީގެ މާނަޔަކީ  އެޤައުމު ތަކުގައި ޑޮލަރަށް މާ ބޮޑު ޑިމާންޑެއް ނޯންނަ ކަމެވެ. އިޤްތިޞާދީ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މެލޭސިޔާގެ ބޭރުފައިސާ ބަދަލުވާ ރޭޓް އެއްކޮށް ދޫކޮށްލައިފި ނަމަ ޑޮލަރަކަސް ޖެހޭ ރިންގިޓްގެ ނިސްބަތް 3 ރިންގިޓަށްވުރެވެސް ދައްވާނެއެވެ. ޑޮލަރަށް އޮތް ޑިމާންޑް ސިންގަޕޫރުގައިވެސް ހަމަ އޮތީ މި ބީދަޔަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ޙާލަތު މިއޮތީ މި ޤައުމުތަކާއި މުޅިން އިދިކޮޅަށެވެ. އާދެ! ފިކްސް އެކްސްޗޭންޖް ރޭޓް ދޫކޮށްލައިފިނަމަ  މިހާރު ޑޮލަރަކަށް ޖެހޭ އަދަދު 12.85 ރުފިޔާއިން 13 ނުވަތަ 14 ރުފިޔާއަށް އަށްވުރެވެސް މައްޗަށް ގޮސްފާނެ ކަމުގެ ބިރު އެބައޮތެވެ.
ބޭރުގެ އިންވެސްޓްމެންޓްތައް ފުރިހަމަ ގޮތުގައި އެކަށައެޅިފަ ހުރި ޤައުމުތަކުގައި، އެ ޤަޢުމުތަކުގެ ފައިސާގެ އަގު ވެއްޓުނަނުދީ ހިފެހެއްޓުމުގެ ބޭނުމުގަޔާއި އެޤައުމުތަކުގު އިޤްތިޞާދު ހިފެހެއްޓުމަށް ކައްތިރިއެއްގެ ގޮތުގައި އޮންނަ “ފޮރިން އިންވެސްޓްމެންޓް ރިޒާވް” (ބޭރުފައިސާއާއި މުދަލުގެ ޚަޒާނާ)، ގެ މިންވަރުވެސް ވަރަށްމަތިކަން ފާހަގަ ކޮށްލެވެއެވެ. އަޅުގަނޑު މިލިޔުމުގައި މިސާލެއްގެ ގޮތުގައި ބޭނުންކުރާ އެއްޤައުމު ކަމަށްވާ މެލޭޝިޔާގެ މި އަދަދު އޮތީ 92 ބިލިޔަން ޑޮލަރަށްވުރެވެސް މަތީ އަދަދެއްގައެވެ. ސިންގަޕޫރުގެ ބޭރުފައިސާއާއި މުދަލުގެ ޚަޒާނާގައި ހުރީ 174 ބިލިޔަން ޑޮލަރަށްވުރެވެސް މަތީ އަދަދަދެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޚަޒާނާގައިހުރި މިންވަރު މި ދެންނެވި ޤަޢުމުތަކާއި ކިރިކިރިޔާ އަޅާކިޔާލެވޭނެ ފަދަ އެއްނެތް އިރުވެސް ހަމަ އަޅުގަނޑުމެން ތިބެންވީ ބޯދާވިސްނުމުގައި ޣާފިލުކަން މަތިގަތޯ ހަމަ ސުވާލު އުފެދެއެވެ.
އަޅުގަނޑުމެންގެ ޤައުމުގައިނެތް ވަކި ވަޞީލަތްތަކެއް ސިންގަބޫރުފަދަ ޤަޢުމުތައކުގައި އެބައޮތް ހެއްޔެވެ؟ އަޅުގަނޑުމެންނަށްވެސް ކަނޑާއި ވައިގެ ޓްރާންސިޓް ބަނދަރުތަކާއި، ތަފާތު އުފެއްދުންތެރިކަމުގެ ކާރުޚާނާތައް މި ޤަޢުމަށް ގެނެވެން އެބައޮތެވެ. އެއީ ހަމަ އެއްމެ ގޮތެއްގެ ތެރެއިންނެވެ. އާދެ! ފޮރިން އިންވެސްޓްމަންޓްގެ އެހީގައެވެ. މިނޫން އެއްވެސް ގޮތަކަށް މި ޤަޢުމު ތަރައްޤީވެގެން ދިޔުމަށް އިތުރު ވަޞީލަތްތަކެއް ނެތްކަމީ ދުވާލުގެ އިރު ފާޅުވާފަދައިން ފެންނަން އޮތްޙަޤީޤަތެކެވެ. އަޅުގަނޑު އެދެނީ މިއަދުގެ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތުގައި ބަރަކާތްލެއްވުމެވެ.އިންވެސްޓްމޯލްޑިވްސްގެ ވެބްސައިޓް ކޮންމެބޭފުޅަކަށްވެސް ވީވަރަކުން އިސްތިހާރުކުރައްވާށެވެ.
ގިނަ ޑަކުޓަރުންތަކެއް ޚިދުމަތަށް ނުނުކުމެ ސަލާމްބުނުން އެއީ ޙަޤީޤަތުގައިވެސް އިއްތިފާގެއްބާ؟
އެތައް ޑޮކުޓަރުންނެއް ޚިދުމަތަށް ނުނުކުމެ ވަޒީފާއަށް ސަލާމް ބުނުން އެއީ އެބޭފުޅުން އެޚިދުމަތް ދެއްވާ ދާއިރާއާއި ބަލާއިރު ގިނަބަޔަކު ސިފަކުރާގޮތުންނަމަ ވަރަށްވެސް “އަންއެތިކަލު”، ” އަންޕްރަފެޝަނަލު” އަދި ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ދަޢްވާ ކުރައްވާ ގޮތުންނަމަ އެބޭފުޅުން އެދެއްވަނީ ” އިންސާނީ ޚިދުމަތެކެވެ”. އުފެދޭ ސުވާލަކީ އިންސާނީ ޚިދުމަތެއް ދެއްވަން ތިބޭ އެފަދަ ޑޮކުޓަރުންތަކެއް “ޒިންމާދާރުކަންކުޑަ” ގޮތެއްގައި ޚިދުމަތަށް ނުކުތުމަށް އުޒުރުވެރިވެ ތިބިތިބުމަކީ ހަމަ އެއްމެ ރަނގަޅު ގޮތްބާވައެވެ.
ޑޮކުޓަރުން އެ ޢަމަލާއިމެދު ހިތްހަމަ ނުޖެހޭ ބައެއް ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި، އެއްމެ ފުރަތަމަ ސަބަބަކީ އަލަށް އެކުލަވާލެވުނު މުސާރައިގެ އޮނިގަނޑުން އެބޭފުޅުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެފައިވާ ކަމަށް ބުނާއިރު ރަސްމީ ސިފައެއްގައި އެކަމަށް އެއްވެސް ޙައްލެއް ހޯދުމަށް އެބޭފުޅުން މަސައްކަތް ކުރައްވާފައި ނުވާކަމެވެ. ދެވަނަ ކަމަކީ ވަޒީފާއަށް ސަލާމްބުނެ މަސައްކަތައް ނުނުކުމެ ތިބެމެ، އެބޭފުޅުންގެ މުސާރަޔާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް ފަޒީފާގެ ސަލާމް ބުނުމުގެ އުޞޫލާ ޚިލާފުވުމެވެ. ބަލިވުން ނޫން އެހެން އުޒުރެއްގައި ސަލާމް ނުބުނެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރާޢީސުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މުސާރަޔާމެދު ހިތްހަމަ  ނުޖެހިގެން ސަލާމް ބުނުން އެއީ “އިންސާނީ ޚިދުމަތް ދެއްވާ”، “ޕްރަފެޝަނަލު” ބަޔަކު ކުރުން ވަރަށްވެސް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް ޤަބޫލުކުރާމީހުން މަދެއްނޫނެވެ.
އުޞޫލުތަކާއި، ހަމަތައް ހިފަހައްޓަން ޖެހޭނެކަމަށް ފޮތްފޮތުގައި ލިޔެވިފައި ވިޔަސް  އެކަންކަން ބެލޭނެފަދަ ޒިންމާދާރު މުޢައްޞަސާތައް އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި ނެތްކަމީ ފާހަގަކޮށްލަން ޖެހޭކަމެކެވެ. ރާއްޖެގައި ސިއްޚީ ޚިދުމަތް ދިނުމަށް ބޭރުން އަންނަ ޑޮކުޓަރުންނަސް ޚިދުމަތް ދިނުމުގެ ހުއްދަ ދެއްވާއިރު އެއްމެ އެކަށީގެންވާގޮތެއްގައި އެބޭފުޅުންގެ ފެންވަރު ވަޒަން ކުރެވޭކަމާމެދު ހަމަ ސައްކެވެ. ކުޑަކަމުދާ ނިޒާމާއި އޮޕަރޭޝަން ކުރުމުގެ ދާއިރާއިން ޚާއްޞަ ޑޮކުޓަރަކު އޭނަގެ އެއްމެ ފުރަތަމަ އޮޕަރޭޝަން ރާއްޖޭގައި ކުރިކަމަށް މި ޑޮކުޓަރުގެ ވަރަށް ގާތްރައްތެސަކު އަޅުގަނޑު ގާތުބުންޏެވެ. ރާއްޖެގެ ފަޅާ އިސް ޑޮކުޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭރުން ވަޑައިގެންނެވި ޑޮކުޓަރެއް އަޅުގަނޑު ގާތުބުނީ އެހުރިހާދުވަހު އެ ޑޮކުޓަރުގެ ޤައުމުގައި އޭނާ މަސައްކަތް ކުރެއްވީ “ޖޫނިޔަރ” ފަޅާ ޑޮކުޓަރެއްގެ ގޮތުގައެވެ.
ބައެއް ޑޮކްޓަރުން ކޮންމެފަދަ ބައްޔަކަށްވެސް ބޭސްކުރައްވަފާނެއެވެ.އަދިވެސް ގިނަޑޮކުޓަރުން ގެންގުޅުއްވާ އުޞޫލަކީ ބައްޔެއްނެތޭ ބުނެވެސް ބޭސް ދެއްވުމެވެ. އެއްމެ ކުޑަމިނުން ބަލިމީހާޔަށް “އެޑްވައިސް” ދެއްވާތަންވެސް ފެންނަނީ ވަރަށްމަދު ޑޮކުޓަރުންގެ ކިބައިންނެވެ. ބަޔަކު ހިތްހަމަ ނުޖެހުނަސް ގިނަ ޑޮކުޓަރުންގެ ޚާލަތު ހުރީ މިފަދަ ގޮތަކަށެވެ. އަޅުގަނޑުހިތުން މިއީ، ޑޮކުޓަރުން ހަމަ ވިސްނާލުން މުޙިއްމު ކަމެކެވެ.
އެއްމެފަހުން މެޑިކަލު އެސޯސިއޭޝަންގެ ފަރާތުން ފަރާތުން ހިނގައިނިމިދިޔަ ކަންތަކާއިބޭހޭ ގޮތުން އެ އެސޯޝިއޭޝަންގެ ރައީސުވިދާޅުވެފައި ވަނީ ޑޮކުޓަރުން ޚިދުމަށް ނުނިކުމެ ސަލާމް ބުނަން މެދުވެރިވި ސަބަބަކީ ދިމާވި އިއްތިފާޤެއްކަމެވެ.ނަމަވެސް މީޑިޔާއިން ޑޮކުޓަރުންގެ އެ ޢަމަލު ސިފަކޮށްފައިވަނީވެސް “ސުޓްރައިކެއް” ނުވަތަ ފާޑެއްގެ މުޒާހަރާއެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އެދެނީ މިފަދަ އިއްތިފާޤުތައް އެކަނލާންގެ ރަޙްމަތްފުޅުން މެދުވެރި ނުކުރެއްވުމެވެ. އެހެނީ، ޑޮކުޓަރުންތަކެއް މަސައްކަތައް ނުނިކުމެ ސަލާމްބުނުކުގެ ސަބަބުން އެދުވަހު އަޅުގަނޑުމެން ރައްތަޔުން އުޅުންޖެހުނު ޙާލަތު އެއީ ވަރަށްވެސް އަސަރުކުރުވި ޚާލަތެކެވެ. އަޅުގަނޑަށް ހީވަނީ ދުނިޔޭގެ ދިގުތާރީޚްގައިވެސް މިފަދަ އިއްތިފާޢްތައް ވެފައި ވާނީ ވަރަށް މަދުން ކަމެވެ.ކޮންމެޔަކަސް އެދުވަހު ހޮސްޕިޓަލުގެ މެނޭޖުމެންޓުން ޢަމަލުތައް ބެހެއްޓެވިގޮތް އެއީ އަޅުގަނޑުމެން ޝުކުރުވެރިވި ގޮތެކެވެ.
ޕްރަފެޝަނަލު ދާއިރާތަކުގައި މަސައްކަތް ކުރާމީހުން އަބަދުވެސް ވާންވާނީ “ޕްރަފެޝަނަލް” މި ލަފުޒުން ދޭހަވާ މާނައިގެ ތަރަހިގެ ތެރޭގައި ހުންނަ މީހެއްކަމުގައެވެ. އެއީ ޓީޗަރެއް، އެކައުންޓެންޓެއް، އޮޑިޓަރެއް، ޑޮކުޓަރެއް، ނަރުހެއް، ޤާނޫނީވަކީލެއް ނުވަތަ މިނޫންވެސް ޕްރަފެޝަނަލު ދާއިރާއެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވި ނަމަވެސްއެވެ.
މާވަށުގެ ރައްޔިތުން- މަސައްކަތްތެރިކަމުގެ ނަމޫނާ ބައެއް
މާވަށުގެ ބަނދަރު ޞަރަޙައްދުގައި މަސްހިއްކުމަށް ތައްޔާރުކޮށްފައިވާ އަށިތަކެއް
އަޅުގަނޑުމެންގެ އަތޮޅު، ހައްދުއްމައްޗަކީ ވަރަށް މަސައްކަތްތެރި، ހީވާގި ރައްޔަތުން އުޅެމުންދާ އަތޮޅެއްކަމާމެދު ދެބަސްވާނެ ބަޔަކު ނުވަތަ މީހަކު ހުންނާނެ ކަމަށް ހަމަ ޔަޤީނުންވެސް އަޅުގަނޑެއް ނުދެކެމެވެ. ހަމަ އެހެންމެ،މާވަށަކީ ރާއްޖޭގެ ގިނަރަށްތަކާއި ތަފާކޮށް މަސައްކަތްތެރި ކަމާއި ހީވާގިކަމުގެ ވަރަށް ލާމަސީލު މިސާލެއްފަދަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ބުނެވޭ ގޮތުގައި ދެވަނަ ޖުމްޙޫރިއްރާގެ ފުރަތަމަ ރަޢީސުލްޖުމްޙޫރިއްޔާ، އިބްރާހީމް ނާޞިރުގެ ދައުރުގައި ހުޅުމާލޭގައި އެއަރޕޯޓްހެދުމުގެ ޤަޢުމީ އެ ބޮޑުމަސައްކަތުގައިވެސް ހައްދުއްމަތީގެ ރައްޔަތުން ދައްކާފައިވާ މަސައްކަތުގެ ނަމޫނާގެ ސަބަބުން ހުރިހާ އަތޮޅަކުން އެއްވަނަ ލިބުނީ ހައްދުއްމައްޗަށެވެ. ހައްދުއްމައްޗަށް އެއްވަނަ ލިބުނު އިރު، މުޅިއަތޮޅުން އެއްވަނަ ލިބުނުކަމަށް ބުނެވެނީ މާވަށުގެ ރައްޔަތުންނަށެވެ.
މިހާރުވެސް، މާވަށުގެ ކޮންމެ ދިމާއަކަށް ބަލާލުމުންވެސް ފެންނަން އޮތީ ތަފާތު މަސައްކަތްތަކުގައި ޒުވާނުންނާއި ހަރުފުރާގެ  ގިނަ މީހުންގެ ތެރޭން މަސައްކަތް ކުރެވޭނެ ފަދަ ޙާލަތުގައި ތިބިމީހުން އެކިއެކި މަސައްކަތުގައި ސާމިލުވެގެން އުޅޭ މަންޒަރެވެ. އަޅުގަނޑު ހިތުން، ކަމެއްނެތި އަތްއުރާލައިގެން ތިބޭ މަދުބައެއް ތިބިކަމުގައިވިޔަސް ޖުމުލަގޮތެއްގައި މާވަށަކީ ހީވާގި، މުރާލި މަސައްކަތްތެރި ރައްޔަތަކު ދިރި އުޅޭރަށެކެވެ. ރާއްޖޭގެ ވަރަށް ގިނަރައްތަކުގައި މަސައްކަތެއްނެތި، މަގުމަތީ ހިނގާބިގާވާ މީހުނަށް ފުރައްސާރަކޮށް އުޅޭ “ހަލަބޮލި” ޒުވާނުން މާފަށުން ފެނުމަކީ ނާދިރުކަމެކެވެ. ހުރިހާ މަސައްކަތެއްގައިވެސް ޒުވާނުންގެ ދައުރު ވަރަށް ހާމަކޮށް މާވަށުން ފެންނަން އޮތްކަމީ އުފާކުރުން ޙައްޤު ކަމެކެވެ. ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައިވެސް، މާލެ ދަތުރުކުރާ ބޯޓުފަހަރު ދުއްވުމުގައިވެސް، މަސްއޮޑި ދުއްވުމުގައިވެސް، ވިޔަފާރި ކުރުމުގައިވެސް، އިމާރަތްކުރުމުގެ ތަފާތު މަސައްކަތްކުރުމުގައިވެސް، މަސް ކައްކާ ހިއްކުމުގައިވެސް، ހުއިފިލަނޑާ، އިހި، ފާނައިގެ މަސްވެރިކަމުގައިވެސް އެއްމެއިސް ސަފުގައި ޚަރަކާތްތެރި ވާތަންފެންނަނީ އާއްމުގޮތެއްގައި  ޒުވާނުންނެވެ. މިކަން މިގޮތަށް އޮތްއޮތުން ދޭހަކޮށްދެނީ މާވަށުގެ ކުރިމަގުގެ އުޖާލާކަމެވެ.
އަޅުގަނޑުމެންގެ ރަށާއި އެހެން ރަށްތަކާއި ތަފާތުވާސަބަބު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ މާވަށުގައި ތަފާތު އެކިއެކި މަސައްކަތްކޮށްގެން އާމުދަނީ ލިބުމުގެ ފުރުޞަތު ތަނަވަސް ވެފައި އޮތްކަމެވެ. ރަށުގެ އާބާދީ އާއި، އަދި ރަށުގައި ވަޒަންވެރިވެގެން އުޅޭމީހުންގެ ބައެއް އެހެން ރަށްތަކާއި ނިސްބަތުން ގިނަކަން އެއީ މިދެންނެވި ފުރުޞަތުތަކަށް މަގުފަހިވެގެން ދިއުމަށް މެދުވެރިވެފައިވާ އެއްސަބަބެވެ. ޢިމާރާތްކުރުމުގެ މަސައްކަތް ކުރާމީހުންނާއި، ވަޑާން ކުރުމުގެ މަސައްކަތް ކުރާމީހުންނާއި، މަސްވެރިކަމުގެ ތަފާތު މަސައްކަތް ކުރާމީހުންނަށްވެސް އެމަސައްކަތްތައް ކޮށްގެން އާމުދަނީ ލިބޭނެމަގުތައް އަޅުގަނޑުމެންގެ ރަށުގައި ތަނަވަސް ވެފައި އެބައޮތެވެ. ޢިމާރާތްކުރުމުގެ ތަފާތު މަސައްކަތް ކުރާމީހުންނަށް ވަރަށް ބޮޑު ޑިމާންޑެއް މާވަށުގައި އޮތްކަމަށް ފާހަގަ ކޮށްލެވެއެވެ.ރަށުގެ ބައެއްމީހުން ފާހަގަ ކުރާގޮތުގައި މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ “ބިދޭސީ ހުމުގެ” ސަބަބުން ބައެއް ކަހަލަ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުމެއް އަޅުގަނޑުމެންގެ ރަށަށްވެސް ވަނީދިމާވެފައެވެ.ހަމައެހެންމެ ބައެއްކަހަލަ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްކުރާމީހުންގެ ސަބަބުންވަނީ ކުރިއެރުންވެސް ލިބިފައެވެ.
އެއްމެ ޚާއްޞަގޮތެއްގައ މާވަށު ރައްތިތުންގެ މުރާލިކަމާއި ހީވާގިކަމުގެ ނަމޫނާ ފެންނަންއޮތީ މަސްވެރިކަމުގެ މަސައްކަތުންނެވެ. މަސްވެރިކަމުގެ މަސައްކަތް މާވަށުގައި ކުރިއަރާފައި އޮތްމިންވަރަކީ މަސްބޭނުމުންފެށިގެން ގޮސް މަސްގެނެސް، ސާފުކޮށް، ކައްކައި، ހިއްކައި، ބަންދުކޮށް، މާލެ ފޮނުވާ، ވިއްކުމުގެ މަރުހަލާ އާއި ހަމަޔަށްވެސް އަޅުގަނޑުމެންގެ އަމިއްލަރަށުގައި މިމަސައްކަތް ވަރަށްބޮޑަށް ތަރށްޤީވެފައިވުމެވެ. އަޅުގަނޑުމެން ތައްޔާރުކުރާ ހިކިމަސް މާލެގެންނަން ނުޖެހި ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ސަރަޙައްދުން ދުނިޔޭގެ މާރުކޭޓުތަކަށް ބޮޑުއަގުގައި ވިއްކާލުމުގެ ދޮރު “އަނެއް ދިވެހިރާއްޖޭގައި” އެބުނާގޮތަށް ހުޅުވިގެން ގޮސްފިނަމަ މަސްވެރިކަމުން ރަށަށްލިބޭ އާމުދަނީ އެތައްގުނަޔަކަށް އިތުރުވެގެން ދާނެކަން ކަށަވަރެވެ. މިފަދަ ކަންކަމަށް ކުރިޔަށް އޮތް މަޖުލީހަށް ކުރިމަތިލާ ބޭބޭފުޅުން ވިސްނުން ހިންގާލުން އެއްމެ ރަނގަޅެވެ.
މާވަށަކީ ” މަސްވެރިކަމުގެ ކާރުޚާނާއެއް” ފަދަ ރަށެކެވެ. މިހެންމިދެންނެވީ ހިކި ކަނޑުމަހުގެ އަގުހުންނަ ދުވަސްވަރެއްގައި، ވަކި މާވަށުގެ ރައްޔަތުންނަށް ނުދެވުނު ބޮޑު އަގެއް ރޯމަހަށް ދެވޭނެ އެއްވެސް ބަޔެއް ނެތްކަމެވެ. އަނެއް ކަމަކީ މާވަށުގެ ރައްޔިތުން މަސް ކައްކާ ހިއްކުމުގެ ވިޔަފާރި ކުރާލެއް ފުޅާކަމެވެ. ތިން ހަތަރުޓަނުގެ މަސް އެއްފަހަރާ ގަނެ ކަނޑައި، ކައްކައި، ހިއްކާލުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ތެރޭން އެތައް ބަޔަކުވަނީ ހޯދާފައެވެ. ހިކިމަހުގެ އަގުހުންނަ ދުވަސްވަރު މާވަށުގައި މަސްގަތުމުގެ މައިދާނުން ސިފަވެގެންދަނީ އަގުހުރި ނީލަމެއްގެ ބީދަޔަށެވެ. އަތޮޅުގެ ރަށްތަކުގެ ދޯނިފަހަރުގެ އިތުރުން ރާއްޖޭގެ އެކިސަރަޙައްދުތަކުގެ މަސްދޯނިތައް މާވަށަށް މަސްކިރަން އަންނަކަމީ އާއްމުކަމެކެވެ. ހަމައެކަނި ހިކިމަސް އުފެއްދުމެއްނޫނެވެ. މާވަށަކީ މީރު ރިހާކުރު ތައްޔާރުކުރުމުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ މުޅި ހައްދުމަތީގެ އިތުރުން މާވަށުގައި އުފައްދާ ރިހާކުރު ދަންނަ މީހުންގެ ތެރޭގައި ފާހަގަ ކުރެވިފައި އޮންނަނީ މީރު ރިހާކުރެއްގެ ގޮތުގައެވެ.
އަތޮޅުތަކުގެ ނިސްބަތުން އަޅާކިޔާލާއިރު، މާވަށުގައި ކުރަމުންދާ ބަޔެއް ވިޔަފާރިތަކަކީ ވެސް ނަމޫނާ މަސައްކަތެކެވެ. ބަޔެއް ފިހާރަތަކުން ލިބެންހުންނަ މުދާ އެއްމެ ކުޑަމިނުން ބަރަނިން ފެށިގެންގޮސް ހާޑުވެއަރ ސާމާނާއި ޢިމާރާތް ކުރުމަށް ބޭނުންވާ މުދާވެސް ލިބެން ހުރެޔެވެ. ފޯނު ކޮށްލުމާއެކު ކަސްޓަމަރުންގެ ގެޔަށް މުދާ ފޮނުވައި ދިނުމުގެ ޚިދުމަތްވެސް މާވަށުގެ ބައެއް ފިހާރަތަކުން ދެއެވެ. ރަށުގައި ހިންގާ ހޮޓާތަކަކީވެސް ނިސްބަތުން ރަނގަޅު ފެންވަރެއްގައި ހިންގަމުން ގެންދާ ތަންތަނެވެ. ރެސްޓޯރެންޓްގެ ޚިދުމަތް މާވަށުގައި ފެށިއްޖެނަމަ އިތުރު ފުރިހަމަ ކަމެއް މާވަށަށް ލިބިގެންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވީ ރަށުގައި ތަފާތު މަސައްކަތްތައް ފުޅާކޮށް ޒަމާނީ ގޮތްގޮތަށް ބަދަލުގެނެސް މަސައްކަތްތައް ކުރިއެރުވުމަށެވެ. ހަމަ އެހެންމެ ރަށަށް ލިބެން އޮތްނަމަ އޮތް ތަރައްޤީ އެއް ހޯދުމަށް އެއްމެން އެކަތި ގަނޑަކަށްވެއެވެ. އެއްމެ އިސްކުރަންވީ އަޅުގަނޑުމެންގެ ރައްޔަތުންގެ މަސްލަޙަތެވެ. އެއަށްފަހު އެހެން މަސްލަޙަތު ތަކެވެ. މިހެން ނުވެއްޖެނަމަ ކުރިމަގުގައި ލާމަރުކަޒީ އުޞޫލަށް މިރާއްޖެ ބަދަލުވެއްޖެނަމަ އެއް ޕްރަވިންސް އަނެއް ޕްރަވިންސް، އެއްރަށް އަނެއްރަށާއި ދެމެދު އުފެދިގެންދާނެ ކަމަށް ބެލެވޭ ތަރައްޤީގެ ވާދަވެރިކަމުގައި އަޅުގަނޑުމެން ފަހަތުގައި ތިބެންޖެހި ދާނެއެވެ.  ހަމަ ޔަޤީނުންވެސް އެފަދަ ފަހަތެއްގައި އަޅުގަނޑުމެންގެ ރަށް އޮންނަން ޖެހިދާނެ ފަދަދުވަހެއް ދުށުމަކީ އަޅުގަނޑުމެންގެ ތެރޭން އެއްވެސް މީހަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ.
މަލަމަތިރީތި މާވަށުގެ އަތިރިމައްޗަށް ކުނިބުނި އެޅުން ޙައްލުވާނީ ކޮންދުވަހަކުންބާ؟
މާވަށުގެ މަލަމަތި-ކުރިން މިއަށްވުރެވެސް ރުއްގަސްތައް އެއްވަރުވެފައި ހަމހަމަ
މާވަށަށް ޒިޔާރަތްކުރާ ބީރައްޓެހިން ބުނާގޮތުގައި ގިނަރަށްތަކާއި ތަފާތުކޮށް މާވަށް ދުރުންފެންނައިރު މަލަމަތި ވަރަށް ރީއްޗެވެ. ރުއްގަސްތައް އެއްވަރެވެ. ރަށުތެރޭގެ މަގުތައް ސީދަލެވެ. އަދި ހަމަ އެހެންމެ “ދޮންބީ ފާނު” ވާހަކައިގައި އައިސްފައި އޮންނަ ގޮތަށް ރަށުގެ “ކުދިން ކުދިން” ވެސް އެހާމެ ނަލަވެފައި ޗާލެވެ. ނަމަވެސް ރައްޓެއްސަކު ދިމާވެގެން ދެކެވުނު ވާހަކައެއްގައި މާވަށާއި ބެހެގޮތުން އެދެއްކި ވާހަކަޔަކީ އަޅުގަނޑު ގަޔާވާ ވާހަކައެއް ކަމުގައި ނުވިޔަސް ދެބަސްވެވެންނެތް ތެދު ހަޤީޤަތެކެވެ. އާދެ! އަޅުގަނޑުމެންގެ ރަށުގައި ރީތި ސާފު ދޮންވެލި އަތިރި މައްޗެއް ނޯންނަ ހިސާބުގައި ވަށައިގެން ގޮނޑުދޮށަށް އަޅާފައިއޮންނަ ކުނިބުނީގެ ވާހަކަޔެވެ.
ތެދެކެވެ. ކުނިބުނީގެ މައްސަލަޔަކީ މުޅިދުނިޔެއަށްވެސް ދިމާވެފައިވާ އެއްމެ ބޮޑު އެއް މައްސަލަޔެވެ. ކުނިބުނީގެ ސަބަބުން ކަނޑުގެ ދިރުމަށް އަސަރުކޮށް ކަނޑުގައި ދިރިއުޅޭ މަސްމަހާމެހީގެ އެކިބާވަތްތަކަށާއި އެހެނިހެން ކަނޑުގެ ދިރުމަށް ވަނީ ނުރައްކާވެފައެވެ. ފަޒާގެ ތެރޭގައިވެސް އެތައް ޓަނެއްގެ ބާދަނގަޑާއި އަދި މިނޫނަސް ހަލާކުވުމުގެ ސަބަބުން ބާވެ ބޭނުންނުހިފޭ އެތައް ސެޓެލައިޓެއް ކުނިބުނީގެ ގޮތުގައި އެބަހުއްޓެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވާ އެތަކެއް މީރު ފެންކޯތުތަކެއް ވަނީ ކާރުޚާނާތަކުން އުކާލާ ވިހަކުނިބުނިން ގަޑުބަޑު ވެފައެވެ. އިންޖީނުލީ ވެހިކަލުތަކުން އަރާ ދުންތަކުންނާއި ސިނާއީ ކާރުޚާނާތަކުން ބޭރުކުރަމުންދާ ވިހަ ދުންތަކުގެ ސަބަބުން ޖައްވުގައި ދައުރު ވަމުންދާ ވައި ނުސާފުވެ އިންސާނުން ނޭވާލަން އެކަށީގެންނުވާ ފަދަ މާޙައުލަކަށް ބަދަލު ވެފައިވަނީ ދުނިޔޭގެ އެތައް ސަރަޙައްދެކެވެ.
ނަމަވެސް، ކޮންމެމީހަކީވެސް ތަބީޢީ ގޮތުން ސާފުތާހިރުމަށް ލޯބިކުރާނެ މީހެކެވެ. ސާފުތާހިރު ކަމަކީ ބަލިމަޑުކަމުން ސަލާމަތްވެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެންވެސް ބޭނުން ކަމެކެވެ. އީންމާން ކަމުގެވެސް އެއްބައެވެ. އަދި ހަމައެހެންމެ ސާފު މާޙައުލެއްގައި ދިރިއުޅެންފުރުޞަތު ލިބުމަކީ ކޮންމެ މީހަކަށްވެސް އެކަމުގެ ހިތްހަމަޖެހުން އަބަދުމެ ލިބިލިބި ހުންނާނެ ކަމެކެވެ. މި ދެންނެވި ހިތްހަމަޖެހުން މާވަށުގެ ވަށައިގެންވާ އަތިރިމަތި ފެންނަ މީހަކަށް ލިބޭނެ ކަމީ ނާދިރުކަމެކެވެ. އަޅުގަނޑުމެން އެއްގަމޭ މިކިޔާ ސަރަޙައްދު ފިޔަވައި ރަށުގެ ވަށައިގެންވާ ގޮޑުދޮށްތައް އޮތީ ކުނިގޮނޑެއްގެ ސިފައިގައެވެ. ގޮނޑުދޮށަށް ކަރުގޮހޮރު އެޅުން މަނާކުރެވިފައި ވިކަމުގައިވިޔަސް މުޅިރަށުގެ ވަށައިގެންވެސް ކަރުގޮހޮރު ނުފެންނަ ސަރަހައްދެއް ނެތެވެ. ކަރުގޮހޮރު ނޫނަސް ކުނިވާޒާތުގެ ކުނި އަޅަނީވެސް އެބަޔަކު އުޅޭސަރަޙައްދާ އެއްމެ ކައިރިޔަށް އޮންނަ ގޮނޑުދޮށަކަށެވެ. އަދި މިދެއްނެވި މައްސަލަޔަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރާތަންވެސް ނުފެނެއެވެ.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގެ ބައެއްރަށަރަށުގައި އޮންނަގޮތަށް ކުނިއަޅަން ވަކި ސަރަޙައްދެއް މި ހުރިހާދުވަސް ފާއިތުވެގެން ދިޔައިރުވެސް އަޅުގަނޑުމެންގެ ރަށުގައި ޤާއިމުކުރެވިފައި ނެތީ ކީއްވެބާވައެވެ؟ މިކަމުގައި ޒިންމާ ނަގަންވީ އަޅުގަނޑުމެން ރައްޔަތުންހެއްޔެވެ؟ ރަށުގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތައް ހެއްޔެވެ؟ ރައްކުރިއަރުވާ ކޮމެޓީ ނުވަތަ އަންހެނުންގެ ކޮމެޓީ ހެއްޔެވެ؟ ނުނީ ރަށު އޮފީސް ނުވަތަ ސަރުކާރު ހެއްޔެވެ؟ ދެބަސްވެ ނުލައްވާނޭ ފަދައިން އަޅުގަނޑުމެންގެ ރަށް ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރަމުންދާ  ހިނދު މިފަދަ ކަންކަމަށް ވިސްނުން ހިނގުން ދޫކޮށްލެއްވިފައި ވަނީނަމަ އެކަށީގެންވާ ތަރައްޤީއެއް ލިބުން އޮތީ އެހާ ކައިރިޔަކުނޫނެވެ. “ތަރައްޤީ” މިލަފުޒަކީ ވަރަށްފުޅާ މާނަޔެއް އެލަފުޒެއްގައި ހިމެނިގެންވާ އެއްޗެކެވެ. އާދެ! ވެށީގެ ސާފުތާހިރު ކަމާއި، ވިސްނުމުގެ ތޫނުފިލިކަމާއި، އަތްމަތި ތަނަވަސް ވުމާއި، މުޖުތަމަޢުގެ ހަމަޖެހުމާއި، އެކަކު އަނެކަކަށް އީޙްތިރާމް ކުރުމާއި އަދި މިނޫނަސް އެތަކެއް ދާއިރާއަކުން ކުރިއެރުން ލިބުމެވެ.
ރަށުގެ ގޮނޑުދޮށްތަކުގެ ޙާލަތު މިފަދަގޮތަކަށް އޮތްއޮތުން އެއީ ރަށުގެ ފަރުދެއްގެ ޙައިސިއްޔަތުން ހުދު އަޅުގަނޑުގެވެސް ޒިމްމާއެއް އޮތްކަމެއްކަން ކަށަވަރެވެ. މިކަން މިގޮތަށް އޮތްއޮތުމަށް ޙައްލެއް މާދުރުނޫން މުސްތަޤްބަލެއްގައި ލިބިދާނެ ކަމުގެ ކޮޅުމަތި ފެންނަހެންވެސް އެބަ ހީވެއެވެ. އެއީ ދާދި މިދާކަށްދުވަހު ސަރުކާރުން އުފެއްދެވި ކުނިބުނި ހެޔޮގޮތުގައި ނައްތާލުމާއިބެހޭ ކުންފުނީގެ ދަށަށް މުޅިރާއްޖޭގެ ކުނި ބަލަހައްޓައި، ހެޔޮގޮތުގައި ނައްތާލުމުގެ ބޮޑު މަސައްކަތް ގެންނަވަން އުޅޭވާހަކަޔެވެ. މިކަމުގެ ސަބަބުން މުޅިރާއްޖެއަށް ވަރަށްބޮޑު ފައިދާއެއް ލިބިގެން ދާނެކަމީ ކަށަވަރު ކަމެކެވެ. އަޅުގަޑު އެދެނީ ކުނިބުނިން ގޮނޑުވެފައިވާ މާވަށުގެއަތިރިމަތި، އާއްމުކޮށް މުޅިރާއްޖެއަށް ދިމާވެފައިވާ ކުނިނައްތާލުމުގެ މައްސަލައަށް އަވަސް ޙައްލެއްލިބި، އެކަމުގެ ސަބަބުން އަޅުގަނޑުމެން އެއްމެންނަށްވެސް ހިއްހަމަ ޖެހުމާއި އުފާފާގަތިކަން ލިބުމެވެ.
ގޯތި ދިނުމުގައި ކަންހިނގާފައިއޮތްގޮތް- ހައްދުއްމަތީގެ ބައެއް ތަޖުރިބާތަކުގެ ތެރެއިން
ބޯހިޔާވެހިކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.އިސްލާޙު ކުރެވުނު ނުވަތަ އަލަށް އެކުލަވާލި އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވަނީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔަތަކަށް ލިބިގެންވާ ޙައްޤެއްކަމަށެވެ. ހަމައެހެންމެ މުޅިދުނިޔެ އޭގެ މައްޗަށް ބޯލަބަން ޖެހޭކަމަށް ބުނާ އެކުވެރި ދައުލަތްތަކުން ނެރެ އާއްމުކޮށްފައިވާ “ޔުނިވަރސަލު ޑެކްލަރޭޝަން އޮފް ހިޔުމަންރައިޓްސް” ގައިވެސް ބޯހިޔާވަހިކަމުގެ ޙައްޤް ކޮންމެ އިންސާނަކަށްވެސް ލިބިގެންވާކަން ބަޔާން ކޮށްފައި ވެއެވެ.ކިތައްމެ ފުރިހަމަޔަށް ޙައްޤްތައް ބަޔާން ކުރެވިފައި ވިޔަސް ޢަމަލީގޮތުން އެކަންކަން ކޮށްފައި އޮންނަނީ މުޅިން ޚިލާފަށް ކަން ދޭހަވާ ކިތައްމެ ކަމެއް އަޅުގަނޑުމެންގެ އަތޮޅުގައި ހިނގާގޮސްފައިވާ ކަންކަމުންނާއި ރަށުގައި ހިނގާފާވައިވާ ކަންކަމުން ވަރަށް ސާފުކޮށް ދޭހަވެއެވެ.
ކޮންމެޔަކަސް ސިނާޢީ ސަރަޙައްދަށް ވެދިޔަގޮތް ވެދިޔައީވެ. އަޅުގަނޑުމެންގެ ރަށްރަށުގައިވެސް ގޯތި ދިނުމުގައި ޢަމަލު ކުރެވެމުން ގޮސްފައިވަނީ ހަމަ ކުރިން މިދެންނެވިފަދަ ބީދަޔަކަށެވެ. ނުވަތަ އެއަށްވުރެ ނުބައި ގޮތަކަށެވެ. އެއްމެފަހުން މާވާށުގައި ގޯތިދިނުން ހިނގައި ނިމިދިޔަގޮތަށް ކުޑަގޮތަކަށް ނަމަވެސް ބަލާލުމަކީވެސް އޮތްކަމެކެވެ. އަތޮޅު އޮފީހުން އެކަމާ ޙަވާލުވެގެން މާވަށް ވަޑައިގެންނެވި ބޭފުޅަކު ކަންތައް ކުރެއްވީ އެވެނި ގޮތަކަށޭ މިވެނި ގޮތަކަށޭ މިހާރުވެސް ދޫދޫ މަތިން ކިޔޭއަޑު އިވެއެވެ. އަދި އެބޭފުޅާ ކަންތައް ކުރެއްވިގޮތަށް ވަރަށް ސީދާކޮށް އެހީތެރިވެފައިވާ ބޭފުޅަކު ގޯތިދިނުމަށް އިސްކޮށް ޚަރަކާތްތެރިވި ކޮމަޓީގައި ހިމެނުނުއިރު ހިނގައިދިޔަ ކަންތައްތަކަށް ޗުއްޕުވެސް ބެނެލަން ނުކެރި ހަމައެކަނި ހިތުން އެކަންކަން ގޯސްކޮށްލައިގެން ތިބިބަޔަކު ނުވަތަ ފަރާތެއް މި ކޮމަޓީގައި ހުރިކަންވެސް ބަޔެއްމީހުން ފާހަގަ ކުރެއެވެ. އަޅުގަނޑުގެ ހިތުން ރައްޔަތުންގެ ޙައްޤްތައް އެހާމަތީ ދަރަޖައަކަށް އެކުލެވިގެންވާ ކަމެއްގައި، އެއްވެސް ފަރާތެއްގެ ޢަމަލު އެހާ ފިނޑި ގޮތަކަށް ހުރުން އެއީ ޒިންމާދާރުކަން ކުޑަކަން ދައްކުވއިދޭ ޢަމަލެކެވެ. މިގޮތަށް ހަނުހުރުން އެއީ އޭރުގެ ކަންކަމާއި އުޞޫލުތައް ހުންނަގޮތުން އެއްމެ ރަނގަޅުގޮތެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.ފެނިގެން ގޮސްފައިވާ އަނެއްމަންޒަރަކީ ގޯތިދިނުމުގައި އިސްކޮށްއުޅުއްވި ބޭފުޅުން ކަންތައް ކުރެއްވި ގޮތާއި ދެބަސްވެދާނެހެން ހީވާބަޔަކު އޮފީސްދާއިރާގައި ތިބިނަމަ ކޮންމެވެސް “މުޙިއްމު” ކަމެއްގެ ބޭނުމުގެ ނަމުގައި ރަށުންބޭރަށް ބަދަލުކުރުމެވެ.
ތިންހަތަރު ކުދިން ލިބިފައިތިބި އަމިއްލަ ގެދޮރުނެތް ބަޔަކު ގޯތިލިބުމުގެ ޝަރުތުހަމަވާ ލިސްޓުން އުނިވެގެން ދިޔައިރު، އަންބެއް ދަރިޔެއްނެތް ބައެއް މީހުންނަށްވެސް ގޯތިލިބިގެން ދިޔަތަން ފެނުނެވެ. މީގެން ދުވަހަކު ރަށް އޮތްކޮޅަށް ބޯކޮޅު ލާނެކަމަށް ބެލެވިފައި ނުވާ އެތައްބަޔަކަށްވެސް ގޯތި ލިބިގެން ގޮސްފައިވެއެވެ. މި ބުރުގައި ދެންފެނިގެން ގޮސްފައިވަނީ ޤްރުވަތު ލުމުގެ އާދަޔާ ޚިލާފު އަޖައިބެކެވެ. ޤުރުވަތުގެ ނަތީޖާ ވަރަށްގިނަ ފަރާތްތަކަށް ލިބިގެން އައިސްފައި އޮތީ ބައެއްމީހުނަށް އެމީހުންގެ މައިންބަފައިންގެ ގޯއްޗާ އެންއިންވެގެން ނުވަތަ އެއްމެ ކައިރި ހިސާބުންނެވެ. އަނެއްބަޔަކަށް ލިބިފައިއޮތީ މާކުރިންސުރެ ގޯތިލިބޭނެކަމަށް ބުނެ ޔަޤީންކަން ދެމުން ދިޔަ ސަރަޙައްދު ތަކުންނެވެ.ބައެއް މީހުންބުނާ ގޮތުންނަމަ ޤްރުވަތު ލުމުގެ ކުރިންވެސް އޭގެނަތީޖާ އޮތީ ވަކިބަޔަކަށް ލިބިފެއެވެ.
ކޮންމެޔަކަސް އެފަހަރުގެ ޤްރުވަތުލުން ވެގެން ދިޔައީ ދުނިޔޭގެ ރިކޯޑް ފޮތުންވެސް ޖާގަލިބޭފަދަ އެއްމެ ގިނަ އިއްތިފާޤް ނުވަތަ ކޯއިންސިޑެންސް މެދުވެރިވި ޤްރުވަތުލުމެއްފަދަ ކަމަކަށެވެ. ދިހަ ހާހުން ފަނަރަ ހާހުން ނަގުދު ފައިސާ ގޯތި ދިނުމުގެ ވިލަރެސް ކޮމަޓީއަށް ނުވަތަ އެތަނުން ބޭފުޅަކަށް ދިންކަމަށް ބުނިބަޔަކުވެސް އޭރުގަ އުޅުނެވެ. ތިމާއަށް މިބުނެވެނީ ކިހާ ބޮޑު އެއްޗެއްކަމަށް ވިސްނާލުމެއްނެތިއެވެ.ގޯތިދިނުމުގެ ބުރު ނިމި އެކަންކަން ހަމަޖެހުނު ފަހުންވެސް އެކޮމެޓީގައި ހިމެނުނު ބަޔެއްފަރާތްތަކަށް ތަފާތު އެހީތައް ލިބެމުން ގޮސްފައިވާކަމަށްވެސް ވާހަކަ ދެކެވުނެވެ.ފަހަރުގައި އޭރު އުފެދުނު ރައްޓެހިކަމުން ދެމުންދިޔަ ހަދިޔާއަށް ވުން އެކަށީގެންވެއެވެ.
މިކަމުގައި އަޅުގަނޑު ވަކިމީހަކު ކުއްވެރިކުރާ ހިތެއްނެތެވެ.އަޅުގަނޑު އެކަނި މިކަން ކުއްވެރި ކޮށްގެން ކުރެވޭނެ މާބޮޑު ކަމެއް އޮތްކަމަށް ޤަބޫލެއްވެސް ނުކުރަނެވެ. ޙަޤީޤަތުގައި މިފަދަ ކަންކަން މިގޮތަށް ވެގެންދިޔުމުން ދެރަވެ ކަންބޮޑު ވާންޖެހޭ ކަމަކީ އަޅުގަނޑުމެން އެއްމެ އިޚްތިރާމް ކުރަންޖެހޭ ނުވަތަ ޤަދަރު ދޭންޖެހޭ އެއްފަރާތެއް ކަމަށްވާ ރަށުގެ “ވެރިން” ނަށް ޤަދަރުކުރުމުގެ ރޫޙްގެއްލި ރަށްބައިބައިވެ މުޅިރަށުގެ ނުވަތަ އަތޮޅުގެ ނުވަތަ ޕްރޮވިސްތަކުގެ ޖުމުލަ ތަރައްޤީއަށް ހުރަސްއެޅޭގޮތް ދިމާވުމެވެ.އެތައްބައެއްގެ ޙައްޤްތަކުން މަޙްރޫމު ވުމެވެ. އަދުލް އިންސާފަކީ އޮތްއެއްޗަކަށް ނުވުމެވެ.
ކުރިމައްޗަށް ފެންނަން ދެންމިއޮތީ އަޅުގަނޑުމެންގެ ވެރިކަމާއި އަލަށް ޙަވާލުވެ ވަޑައިގެންނެވި މުޙައްމަދު ނަސީދު ރަށްރަށުގައި ފުލެޓް އަޅުވާނެކަމަށް ވިދާޅުވެ ކުރައްވަމުން ގެންދަވާ ވަޢްދުތަކުގެ އުއްމީދެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް އެ ފުލެޓްތަކުގެ މަސައްކަތްނިމި ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ މީހުނަށް ހަމަޖެހޭ އުޞޫލެއްގެ މަތިން ލިބިގެން ގޮސްފިނަމަ ކިތައްމެހާވެސް އުފަލެވެ. އަޅުގަނޑުމެންގެ އުއްމީދާއި އިތުބާރު މިސަރުކާރަށްވެސް އަދި އެބައޮތެވެ. އަޅުގަނޑުމެން ދުނިޔޭގައި ދިރިލަހައްޓަވައި ފިއްޔާ އެދުވަސްވެސް ފެންނާނެތާއެވެ. އަޅެ އިނގިދާނެ ތާއެވެ.
އަރުވާލުމުގެ ނިޒާމުގެ ސަބަބުން މާވަށުގައިވެސް އިޖުތިމާޢީ ބަލިމަޑުކަން
ދެގްރުޕެއްގެ މެދުގައިހިނގައިގެން އުޅޭ ހަމަނުޖެހުމެއްގެ ކުޅިބަލަން ނުކުމެތިބި ބައެއް
ދިރިއުޅުމުގެ ވައްޓަފާޅިޔާއި ދިރި އުޅޭ ވެއްޓާއި، އިޖްތިމާޢީ އަދި ނަފުސާނީ ޢިލްމާއި ބެހޭ މާހިރުން ދެކެލައްވާ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި ޢަމަލުކުރެވުމުން ދިޔަ ކުށްވެރިން އަރުވާލުމުގެ އުޞޫލަކީ ހަމަޖެހޭ މުޖުތަމަޢްތައް އިޖްތިމާޢީ ބަލިމަޑުކަމުގެ އަނދަވަޅަކަށް ބަދަލު ކޮށލާނެ އެއްޗެކެވެ. މި އުޞޫލަކީ ޒަމާނަށް ނުފެތޭ “ކަޓު” އުޞޫލެއްކަން އަޅުގަނޑުމެންގެ ޙާލަތައް ވިސްނާލުމުން ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން އެބައޮތެވެ. އާދެ! އަޅުގަނޑުމެންގެ އުފަން ރަށް، މާވަށަށް ބަލާލުމުންވެސް މި ޙަޤީޤަތް ފެންނަން އޮތީ މިފަދަ ގޮތަކަށެވެ. މިފަދަ “ކަޓު” އުޞޫލެއް މިހާގިނަދުވަސް ވަންދެން އަޅުގަނޑުމެންގެ ތެރޭގައި އޮތްއޮތުން އެއީ އަޅުގަނޑުމެންގެ ކަންކަން ކުރުމަށް އިސްވެތިބިމީހުން ޒިންމާވަންޖެހޭ ކަމަކަށްވިޔަސް އެކަމުގެ ހިތިއަސަރު އެއްމެބޮޑަށް ކޮށްފައި އޮތީ އަދި ހިތާމައާއި ހިތްދަތިކަން ލިބެމުންދަނީ އަޅުގަނޑުމެންގެ އަތޮޅުތަކުގެ ރައްޔަތުންނަށެވެ.
މާވަށަކީ މީގެ 15 ވަރަކަށް އަހަރުގެ ކުރިން އަރުވާލާ މީހުން ނިސްބަތުން މަދު ނުވަތަ އެއްގޮތަކަށްވެސް ނެތް ރަށެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.މިހާރު މުޅިރާއްޖެއަށް މި ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާ އޭރު އޮތީ ރާއްޖޭގެ ވަކިރައށްތަކެއްގައެވެ. އަޅުގަނޑުމެންގެ ރަށުގައި މިވަބާގެ ނުރައްކާތެރިކަން އެއްވެސް ގޮތަކަށް އެދުވަސްވަރު ނެތޭ ދެންނެވުންވެސް ދޮގަކަށް ނުވާނެއެވެ. ގާގޮޅި ޖަހަން ގޮސްއުޅޭ ދެތިން ކުއްޖަކު މިދެއްނެވި އަމަލު ކުރެޔޭ ތުންތުން މަތިން އޭރު ދެކެވުނު ކަމުގައި ވިޔަސް އޭރު އަޅުގަނޑުމެން ޙާލަތު އޮތީ ރަނަގަޅަށެވެ.
ދެންއައީ އެކި އެކި މީސްމީހުން މާވަށަށް އަރުވާލުމުގެ ފޯއްވައްސެކެވެ. އަރުވާލާމީހުންގެ ބަހުންނަމަ އެމީހުންނަކީ އެއްވެސް ކުށެއްނެތް ބަޔެކެވެ. ހަމަ އަރުވާލީއެވެ. ޙަޤީޤަތުގައި މި “ކުށެއްނެތް” ފަރާތްތަކުގެ ތެރޭގައި ވައްކަމާއި މާރާމާރީގެ މައްސަލަތައް، ކުޑަކުދިންނަށް ޖިންސީގޯނާކުރުން، މަސްތުވާތަކެތީގެ މައްސަލަތައްފަދަ އެތައް މައްސަލަތަކެއްގެ ކުށުގައި އަރުވާލާފައި ތިބިމީހުންތިއްބެވެ. ކަމު ވޮށިގެންވާ ބައެއް ގޭގޭގައި މިދެންނެވި މީސްމީހުން އެކިއެކި މަސައްކަތްތައް ކުރުމުގައި އަތްގާތް ކޮށްދިނުމުގެ ބޭނުމުގައި ގެންގުޅުނުތަންވެސް ފެނިގެން ދިޔައެވެ. ހަމަ އެހެންމެ ރައްޓެހި ފަރިތަކަމުންވެސް އަރުވާލައިފާ ތިބޭ މީހުން އެކިގޭގޭގައި ބައިތިއްބާފައި ތިބިތަން ފެނިފައިވެއެވެ. ބައެއްމީހުން އަމިއްލަ މީސްމީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން ޢާއިލާގެ މެންބަރުންނާއެކު ޙުކުމް ތަންފީޒުކުރަމުންވެސް ދިޔައެވެ. މި އަރުވާލުމުގެ ފޯވާހީގެ ސަބަބުން އޭގެ ކުރިޔާ ޚިލާފަށް ތަފާތު އިޖްތިމާޢީ މައްސަލަތައް ނުކުމެގެން އަންނަތަންވެސް ފެނިގެން ދިޔައެވެ. މިފަދަ މައްސަލަތައް ޖެހި އެކަމުގައި އަނިޔާލިބޭ ނުވަތަ ދެރަ ލިބޭ ބައެއް ފަރާތް ތަކަށް މާބޮޑު ކަމެއް ކުރެވެން ނޯވެއެވެ. އޭރުގެ ޙާލަތު އޮތީ ވެރިކަމާއި އާރާއިބާރާއި ގުޅިލާމެހި އަޑުގަދަމީހާ ރުއްގިނަވާ އުސޫލުފަދަ އުޞޫލަކަށެވެ. މިހާރުވެސް އަޅުގަނޑުމެން ރަށުގައި މި ދެއްނެވި އުޞޫލު ނެތިގެން ގޮސްފިޔެކޭވެސް އަޅުގަނޑު ނުދަންނަވަމެވެ.
ދިގުމުއްދަތަކަށް އަރުވާލެވުނު ކުށްވެރިންގެ ތެރޭގައި ހިމެނުނު 15އަހަރަށްވުރެ ދިގުމުއްދަތަށް އަރުވާލެވެނު މީހަކު ވީ އަޅުގަނޑުމެންނަށް “މާރަނަޅު” މީހަކަށެވެ. 15 އަހަރަށް މީހަކު އަރުވާލުމަކީ ދިރިއުޅުން ބަދަލުވުން ފަދަ ކަމެއްކަމުން އޭނަގެ އަންހެނުންވެސް މާވަށަށް ބަދަލުވިއެވެ. ހަމަ އެހެންމެ އެމީހުންގެ ދެކެފަރިތަ މީހުންނާއި، ތިމާގެ މީހުންވެސް “ހޮލިޑޭ” ހަދާލަން އަންނަމުން ދިޔައެވެ. މިގޮތަށް އަންނަ މީހުންގެ ތެރޭގައި ތަފާތު އިޖުތިމާޢީ ބަލިތަކުން ފޯވެފައިވާ އެތައްބަޔަކު ތިއްބެވެ. މި މީސްމީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ދެވި ހިފައިފައިވާ މީހުންވެސް ތިއްބެވެ.މަސްތުވާތަކެތި ބޭނުންކުރާކަން ކަމާބެހޭ ފަރާތައް އިނގިދާނެތީވެ ފިލަންވެގެން ގޮސްހުރި މީހަކުވެސް މީގެ ތެރޭގި ހިމެނެފައިވެއެވެ.
ގިނަ ފަހަރަށް ދިގުމުއްދަތަށް އަރުވާލާ މީހުންނަކީ ކޮންމެވެސްވަރަކަށް އަތްމަތި ތަނަވަސް މީހުންކަމުން އަޅުގަނޑުމެންގެ ރުހުމާއި ސަޕޯޓް މިދަފަ މީސްމީހުނަށް ލިބިގެންދަނީ ވަރަށް ފަސޭހައިންނެވެ. ކަންތައްވީވެސް އެހެންނެވެ. ޙާއްޞަކޮށް ދެބައިފުރާގެ އަންހެންވެރިންގެ ރުހުން ވަރަށް ފަސޭހައިން ހޯދައިފިއެވެ. އަންހެންވެރިންނަށް ނަށަން ދަސްކޮށްދިނުމުގައި އަވަދިނެތި އުޅޭތަންވެސް ފެނިގެން ދިޔައެވެ. އަދި ހަމައެހެންމެ އެދުވަސްވަރު ރަށުގައި ބޭއްވުނު ތަފާތު ކުޅިވަރު ޚަރަކާތްތަކުގެ ފޯރީގައި މި ދެންނެވިފަދަ ޙުކުމް ތަންފީޒު ކުރަމުން ދިޔަ މީސްމީހުން ނަގާކިޔާތަންވެސް ފެނިގެން ގޮސްފައިވެއެވެ. ނަތީޖާ އަކަށްވީ އަޅުގަނޑުމެންގެ ތެރެއަށް ބޭނުން ނޫން އިޖުތިމާޢީ ތަފާތު އާދަތަކާއި ބަލިތައް ވަންނަމުން ދިޔުން ހަލުވި ވުމެވެ. މިކަމުގެ ތެރޭގައި ދުންފަތުގެ އިސްތިޢްމާލު ކުރަން ބައެއްކުދިންފެށުމާއި އެއްމެފަހުން ޢަމަލުވާ ތަކެއްޗާ ދިމާއަށް ބައެއްކުދިން ދިޔުމަށް މަގުފަހިވި ކަމަކަށް މިކަންވިއެވެ. މާވަށަށް އަރުވާލި މީހުންގެ ކިބައިން އަޅުގަނޑުމެންގެ މުޖުތަމަޢްއަށްލިބުނު އެއްމެބޮޑުއެއް ގެއްލުމަކީ އަޅުގަނޑުމެންގެ ރަށުގައި ޢިޖުތިމާޢީ ބަލިމަޑުކަން ޖެހިފައިތިބި މީހުނަނަށް ހިއްވަރުލިބި، އެމީހުންގެ “ގޭންގް” ބޮޑުވެ، ވިޔާނުދާ ޢަމަލުތަކަށް މަގުފަހިވެ، އެކަންކަން އިތުރުވުމެވެ.
އަޅުގަނޑުމެންގެ ރަށަށް އަރުވާލުމުގެ ފޯވަހިން ފެނުނު އަނެއްކަމަކީ ރަށުގެ އުތުރު ފަރާތުގައި އޮންނަ ކަށިގުރައިދޫގައި އޭރު ހިންގި ދިރޭ ފާނަ ގަތުމުގެ މަސްރޫޢްގެ ޚަރަކާތް ގިނަ އަދަދެއްގެ އަރުވާލެވިފައިވާ މީހުން އަންނަމުން ދިޔުމެވެ. މި މީސްމީހުން، ނަމުގައި އަރުވާލެވިފައި ތިބެނީ މާވަށްކަމުގައިވިޔަސް އެމީހުން ދިރިއުޅޭ ރަށެއްކަމުގައި ވެފައޮތީ މާވަށުގެ އުތުރުފަރާތުގައި އޮންނަ ކަށިގުރައިދުއެވެ. މިކަންވެގެންދިޔައީ އިޖުތިމާޢީ ތަފާތު ބަލިޖެހިފައިތިބި އެތައްކުދިންނަކަށް ލައްވާލި ވެހިމަހެއް ފަދަކަމަށެވެ. ބައެއް ޒުވާން އަންހެން އަދި ފިރިހެންކުދިން މަގުން ކައްސާލުމަށް ހުޅުވުނި ދޮރަކަށެވެ. ކަށިގުރައިދުއަށް “އޯވަރ ނައިޓް” އަށް ޖައްސާލާ ކުދިން ވެސް އިތުރު ވަމުން ދިޔައެވެ. ގިނަބަޔަކު ދަންނަ ސިއްރެއްގެ ގޮތުގައެވެ. މިފަދަ ކަންކަމަކީ މާބޮޑު މައްސަލައެއް ކަމަކަށް ނުވިޔެވެ. އަރުވާލާފައިތިބޭ މީހުންގެ އަތުން ލިބޭ މަންފާ އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުނަށް ލިބެމުން ދިޔުމާސްވެސް އެކުގައެވެ. މާވަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެމުން ދިޔަ އަރުވާލެވިފައިތިބި މީހުން ރަށުން ފޮނުވާލުމުގައި އެދެއްކި ރިވެތި މިސާލަކީ އަޅުގަނޑުމެންގެ ޢަޒުމުގައި ރަށުގެ ހަމަޖެހުމާއި އަމަންއަމާންކަމަށް ލޯބިއޮތްވަރު ދޭހަކޮށްދިން ވަރަށްވެސް ރިވެތި ލާމަސީލުމިސާލެވެ.
ހިތާމަކުރަންޖެހޭ އަދި ލަދުގަންނަން ޖެހޭ އެތައްކަމެއް އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢްގައި ހިނގާކަމީ ދެބަސްވެވެންނެތް ހިތި ޙަޤީޤަތެކެވެ. މަސްތުވާތަކެތީގެ ވަބާއެވެ.ވައްކަމެވެ. ކައިވެނީގެ ބޭރުން ލިބޭ ބޮޑުލަދެވެ. އާދެ! އިޖްތިމާޢީ އެތައް ބަލިމަޑުކަމެވެ.މިކަންކަމުން ސަލާމަތްވުމަށް އަޅުގަނޑުމެން ނުކުރި މަސައްކަތެއް ކުރަން ވަކި ތިބީ ކޮންބައެއް ހެއްޔެވެ؟ އަޅުގަނޑުމެންގެވިސްނުން ހިންގުމުގައި މިފަދަމަ ކަންކަމުން ދުރުހެލިވެ ތިބޭނަމަ އަޅުގަނޑުމެންގެ މުޖުތަމަޢް އިތުރަށް ހަލާކުވެގެން ދިއުން އޮންނާނީ ވަރަށް ކައިރީގައެވެ.
(www.maavahinfo.com) މަރުޙަބާ! މާވަށްއިންފޯ ޑޮޓް ކޮމް
މާވަށް އިންފޯ ޑޮޓްކޮމްގެ ސްކްރީން ޕްރިންޓެއް
މާވަށްއިންފޯ ޑޮޓް ކޮމް އަކީ މާވަށާއި ބެހޭ ތަފާތު ޚަބަރާއި،އެކިއެކި މަޢްލޫމާތު ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ލާންޗް ކުރެވުނު ވެބްސައިޓެވެ. މި ވެބްސައިޓުގައި މާވަށުގެ މުޙިއްމު ތަންތަނާއިބޭހޭ މަޢްލޫމާތުގެ އިތުރުން ރަށުގައި ހިނގާ މުޙިއްމު ޚަބަރުތައް ހިމަނާފައި ހުރެއެވެ. ވެބްސައިޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ފޮޓޯ ގެލެރީންނެވެ. ފޮޓޯ ގެލެރީގައި ހިމެނޭ “ފިރިހެން ފަހުލަވާނުން” އަދި “ކުދިން ކުދިން” ގެ ބަޔަކީ ޒުވާން ކުދިންގެ މަގުބޫލު ކަންލިބޭނެ ބަޔެއްކަން ކަށަވަރެވެ.މިދެންނެވި ބައިތަކުގެ އިތުރުންވެސް ޝައުޤު ވެރިވާނެ ތަފާތު ބައިތައް މިވެބްސައިޓްގައި ހިމެނިފައި ވެއެވެ. އަޅުގަނޑު އުއްމީދު ކުރަނީ މި ވެބްސައިޓުގެ ޚިދުމަތަކީ އަބަދުވެސް މިގޮތުގައި ކުރިޔަށްދާނެ އަދި ތަރައްޤީވަމުންދާނެ ޚިދުމަތެއް ކަމުގައިވުމެވެ. އަޅުގަނޑު މި ވެބްސައިޓުން ދެކެންބޭނުންވާ ދުވަހަކީ “މަނަދޫ ލައިވް ޑޮޓް ކޮމް” ފަދަ ފުރިހަމަ ވެބްސައިޓަކަށްވުމެވެ. މާވަށްއިންފޯ ޑޮޓް ކޮމް ނޫނަސް މާވަށާއި ބެހޭ މަޢްލޫމާތާއި ޚަބަރު ގެނެސްދިނުމަށް “މާވަށް ލައިވް ޑޮޓް ކޮމް” ގެ ނަމުގައި ވެބް ޕޭޖެއް މީގެ ދެތިން އަހަރުކުރިން ލާންޗްކުރެވުނެވެ. ނަމަވެސް އެއީ ހަމަ ހުސް ޕޭޖެއްގެ ގޮތުގައެވެ. މިހާރު މި ވެބްޕޭޖަށް ނުވެދެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.